ރެޑްވޭވް ހަފްތާ ސޭލް އަށް ބޮޑު ތަރުހީބެއް!

ރެޑްވޭވްގެ ފިހާރައެއް ---

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑްވޭވުން ކުރިއަށްގެންދާ "ރެޑްވޭވް ހަފްތާ ސޭލް" އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ރެޑްވޭވް އިން ބުނެފި އެވެ.

ރެޑްވޭވުގެ މާލެ އަދި ހުޅުމާލެ ފިހާރަތަކުގައި ކުރިއަށްގެންދާ މި ސޭލް އަކީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އިން ބުދަ އަށް ކުރިއަށްގެންދާ ސޭލް އެކެވެ. ސަތޭކަ ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއެއް ވެސް މި ސޭލްގެ ގުރުއަތަށް ދާނެ އެވެ.

ރެޑްވޭވް ހަފްތާ ސޭލްގެ ނަސީބުވެރިއެއް -- ފޮޓޯ: ރެޑްވޭވް

ކޮންމެ ހަފްތާ އަކު ގުރުއަތުން ތިން ފަތާރެއް ހޮވާ އިރު، އެއް ވަނަ އަށް 5000 ރުފިޔާ، ދެ ވަނަ އަށް 3000 ރުފިޔާ އަދި ތިން ވަނަ އަށް 2000 ރުފިޔާ ދެ އެވެ.

މިހާތަނަށް ހަތަރު ހަފްތާއެއްގެ ނަސީބުވެރިންހޮވައި އިނާމު ހަވާލުކޮށްފައިވާ އިރު އިނާމް ލިބޭފަރާތްތައް ރެޑްވޭވްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ފޮޓޯއާ އެކު އިއުލާން ކުރެ އެވެ.

ހަފްތާ ސޭލްގައި ކުރިއަށްދާ ކްލިއަރެންސް ސޭލްތަކަށް ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިގެންދާ ކަމަށް ރެޑްވޭވުން ބުންޏެވެ.

ހަފްތާ ސޭލް ސެޕްޓެމްބަރު މަހުގެ ނިޔަށް ކުރިއަށްގެންދާނެ އެވެ. ނަމަވެސް ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ތަރުހީބަށް ބެލުމަށް ފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

comment ކޮމެންޓް