ބިލް ގޭޓްސްގެ ޑޮކުމެންޓްރީއެއް ނެޓްފްލިކްސްއަށް

ބިލް ގޭޓްސް---

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ހިމެނޭ މަޝްހޫރު ބިލިނިއަރު ބިލް ގޭޓްސް 63، ގެ ޑޮކިއުމެންޓަރީ އެއް ގެނެސްދޭން ނިންމައިފިއެވެ.

ބިލް ގޭޓްސްގެ އެ ޑޮކިއުމެންޓަރީ ގެނެސްދޭން ނިންމާފައިވަނީ ނެޓްފްލިކްސްއިންނެވެ. ޑޮކިއުމަންޓަރީގެ ޓްރެއިލާއެއް މިހާރު އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

"އިންސައިޑް ބިލްސް ބްރެއިން: ޑިކޯޑިން ބިލް ގޭޓްސް" ނަމުގައި ގެނެސްދޭން ނިންމާފައިވާއިރު ރިލީޒްކުރާނީ މި މަހު 20 ގައެވެ.

"މި ޑޮކިއުމެންޓަރީގައި ހުންނާނެ އަހަރެންގެ ހަޔާތާ ގުޅުން ހުރި ވާހަކަތައް. އަދި މަސައްކަތުގެ މާހައުލުގެ ވާހަކަތައް. އުންމީދުކުރަނީ ބެލުންތެރިންނަށް މި ޑޮކިއުމެންޓަރީ ކަމުދާނެ ކަމަށް،" ބިލް ގޭޓްސްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ބިލް ގޭޓްސް އަކީ މިހާރު ދުނިޔޭގެ ތިންވަނަ އަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތު 103.6 ބިލިއަން ޑޮލަރަށް އަރައެވެ.

ބިލް ގޭޓްސް ވަނީ މީގެ ކުރިންވެސް ތަފާތު ވައްތަރުގެ ޑޮކިއުމެންޓަރީ ގެނެސްދީފައެވެ. އަދި އޭނާ އަކީ މައިކްރޮސޮފްޓްގެ ކޯ ފައުންޑަ ވެސް މެއެވެ.

comment ކޮމެންޓް