އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު ހަމަޖައްސައިފި

ރައީސް އޮފީސް

އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ރައީސް އައްޔަންކުރެއްވީ ގދ.ތިނަދޫ ކަލްމުނާ، އަލްއުސްތާޛު ހުސައިން ޝަރީފް އެވެ.

ޝަރީފަކީ ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ފާއިތުވި 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރު ފެންވަރުގެ މަގާމުތައް އަދާކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް