ރިތިކް އާއި ޓައިގާ ގެ "ވޯ"ގެ ޓްރެއިލާ ދައްކާލައިފި

ވޯ ގެ ޕޯސްޓަރެއް---

ވަރުގަދަ އެކްޝަންތަކެއް ހިމެނޭ ފިލްމު "ވޯ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާ ބަތަލަކީ ވާނީ ކަޕޫރެވެ. ނޭވާ ހިފަހައްޓާލަންޖެހޭ ޝައުގުވެރި ގިނަ މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިގެން ގޮސްފައިވެ އެވެ.

އިންޑިއާގެ އިތުރުން ޔޫރަޕްގެ ހަތް ގައުމެއްގެ 15 ސިޓީގައި ފިލްމުގެ މަންޒަރުތައް ވަނީ ނަގާފައެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތްޔާ ޗޯޕްރާ އެވެ.

ފިލްމުގެ ޓްރެއިލާ ގިނަ ބަޔަކު ބަލަމުން އަންނައިރު އެ ޓްރެއިލާއަށް މިހާތަނަށް 21 ހާސް ވިއުސް ލިބިފަ އެވެ.

comment ކޮމެންޓް