ޓައިނީ ހާޓްސްއަށް 10 އަހަރު ފުރުމާ ގުޅިގެން ޗެރިޓީ ނައިޓެއް ބާއްވައިފި

ޓައިނީ ހާޓްސްއަށް 10 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަފްލާގައި ރައީސްގެ ދެކަނބަލުން--- ފޮޓޯ: ރައީސް އޮފީސް

އުފެދުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ޖަމްއިއްޔާ، ޓައިނީ ހާޓްސް އަށް 10 އަހަރު ފުރުމާ ގުޅިގެން މިރޭ ޗެރިޓީ ނައިޓެއް ބާއްވައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ޗެރިޓީ ނައިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ކަނބަލުންގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.

ޓައިނީ ހާޓްސްގެ އެކްޒެކިއުޓިވް މެނޭޖަރު މުހައްމަދު ނިމާލް "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ޗެރިޓީ ނައިޓް ބާއްވައިފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

އެ ހަފްލާއަށް ޓިކެޓް ވިއްކާފައިވަނީ 250 ރުފިޔާގެ މަގުންނެވެ. އޭގެ އިތުރުން ޓައިޓީ ހާޓްސްއަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް މިރޭ ވަނީ ހުޅުވާލައިފައެވެ.

މިރޭގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ލައިވް މިއުޒިކާއެކުގައެވެ.

އެ ޖަމިއްޔާއިން ފާއިތުވި 10 އަހަރު ތެރޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކާ ބެހޭގޮތުން ސެޝަނެއްވެސް ނަގައިދީފައެވެ.

ޓައިނީ ހާޓްސްއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ކެއާ ފޯ ޓައިނީ ހާޓްސް، ސޭވް ޓައިނީ ހާޓްސް އަދި ހެލްތީ ހާޓް ޕްރޮގްރާމް ހިމެެނެއެވެ.

ދެހާސް ސަތާރަވަނަ އަހަރު ޓައިނީ ހާޓްސްއަށް ވަނީ ވޯލްޑް ހާޓް ފެޑެރޭޝަންގެ މެމްބަރުކަންވެސް ލިބިފައެވެެ.

comment ކޮމެންޓް