ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ފިނޭންސް މިނިސްޓްރީ އިން މިއަދު ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ފޮނުވައިފި އެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފޮނުވި ނަމަވެސް ބަޖެޓާ ގުޅޭ ތަފްސީލެއް ފިނޭންސް އިން ހާމައެއް ނުކުރެ އެވެ. މީގެ ކުރިން މިނިސްޓަރު އަމީރު ސަން އަށް ވިދާޅުވީ މި ސަރުކާރުން ތަންފީޒު ކުރަމުން މިދާ ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެއް ކަމަށާއި އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ވަރަށް ދަތިވާ ކަމަށެވެ. އަދި ސަޕްލިމަންޓްނުކޮށް ބަޖެޓް ކުރިއަށް ގެންދިޔުމަށް އުނދަގޫވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ، 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި، އެއީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

comment ކޮމެންޓް