ހައްޖުވެރިން އެނބުރި އަންނަން ފަށައިފި

ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަނީ: މިއަދު ހައްޖުވެރިން އެނބުރި އަންނަން ވަނީ ފަށައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފަހު ރާއްޖެއިން ހައްޖަށް ދިޔަ ގްރޫޕުތަކުގެ ތެރެއިން ފުރަތަމަ ގްރޫޕު މިއަދު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ރާއްޖެ އައިސްފައި ވަނީ ތަޒްކިޔާ ގްރޫޕުން ހައްޖަށް ދިޔަ މީހުންގެ ތެރެއިން 44 މީހެކެވެ. އެ ގްރޫޕުން ދިޔަ އިތުރު 75 މީހުން މާދަމާވެސް ރާއްޖެ އަންނާނެ އެވެ.

އަމީރުލް ހައްޖުގެ ގޮތުގައި ހައްޖަށް ވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފަހުން އަންނާނީ ހައްޖު ކޯޕަރޭޝުނުން ހައްޖަށް ދިޔަ މީހުންގެ ތެރެއިން 263 މީހެކެެވެ. އެ މީހުން އަންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. ސްޓްރޯކެއް ޖެހިގެން ކޯމާގައި އޮތުމަށް ފަހު މަރުވި އެ މީހާ ވަނީ މައްކާގައި ވަޅުލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް