ކެލާގައި ފެތުރެމުންދާ ހުން ކޮންޓްރޯލް ވެއްޖެ

ކެލާ ސިއްހީ މަރުކަޒު--- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހއ. ކެލާގައި ފެތުރެމުންދާ ހުން ކޮންޓްރޯލްވެއްޖެކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފި އެވެ.

ކެލާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަ އިބްރާހިމް ރުޝްދީ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކެލާގައި މި އީދުތެރޭގައި ވައިރަލް ހުމާއި ބޭރަށް ހިންގުމާއި އަދި ހޮޑުލުން ވަރަށް ގިނައިން ފެންނަމުންދާ ކަމަށެވެ.

"ވަރަށް ގަދަ ހުމެއް އަންނަނީ. ކުޑަކުދިންނަށް ބޮޑުވަރު ވާނީ. މިދިޔަ ބުރާސްފަތި ދުވަހުވެސް 40 ކޭސް ފެނުނު. ދެން އިއްޔެވެސް 25 ކޭސް" ރުޝްދީ ވިދާޅުވި އެެވެ.

ކެލާގައި ހުން ފެތުރި އެ ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރަށް ވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެކަމާ ގުޅިގެން އެރަށަށް އަތޮޅު ތެރެއިން އެހެން ޑޮކްޓަރެއް ގެނެސް މިހާރު ދަނީ ހިދުމަތްވެސް ދެމުންނެވެ.

ކުރިން ކެލާގެ ސިއްހީ މަރުކަޒުގައި އިންޑިއާ ޑޮކްޓަރަކާއި އަދި މިސްރު ޑޮކްޓަރެއްވެސް ހުރެއެވެ. ނަމަވެސް އިންޑިއާ ޑޮކްޓަރު ފުރި ފަހުން އެރަށުގައި ފަރުވާ ދެމުންދިޔައީ ހަމައެކަނި މިސްރު ޑޮކްޓަރު އެކަންޏެވެ.

comment ކޮމެންޓް