ގއ. މާމެންދޫގެ ކަރަންޓްގެ މައްސަލަ މިރޭ ހައްލުވާނެ: މާމެންދޫ އިންޖީނުގެ

ގެ. މާމެންދޫ އިންޖީނުގޭގައި އާ އިންޖީނެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ--- ފޮޓޯ: އަސްލަމް އިބްރާހިމް

ގއ. މާމެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މިރޭ ހައްލުވާނެކަމަށް އެރަށުގެ އިންޖީނުގެއިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ހިންގާ ގއ. މާމެންދޫ އިންޖީނުގޭގެ މެނޭޖަރު އަސްލަމް އިބްރާހިމް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވަމުންދާތާ މިހާރު ހަތަރު ދުވަސްވެދާނެ ކަަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މިހާރު އެރަށަށް އާ ޖަނެރޭޓަރެއްވެސް ގެނެސްފައިވާ ކަމަށެވެ.

" 400 ކިލޯވޯޓުގެ އާ ޖެނެރޭޓަރެއް މިހާރު އެބައޮތް. ކުރިން ކަރަންޓު ދެމުންގެންދިޔައީ 200 ކިލޯ ވޯޓާއި 250 ކިލޯވޯޓުގެ ދެ ޖެނެރޭޓަރުން. މިރޭ އާޖެނެރޭޓު ބަހައްޓައި ކަރަންޓު ދޭނަން. މިހާރުވެސް ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ" އަސްލަމް ވިދާޅުވިއެވެ.

ފެނަކައިން ވަނީ ފަސް ރަށެއްގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކޮށް އަދި ކެޕޭސިޓީ އިތުރުކުރަން އާ ޖަނަރޭޓަރުތައް ފޮނުވަން ނިންމައިފައެވެ.

އެގޮތުން ލ.ގަމާއި. ގއ. ވިލިނގިލީ، ގދ. ތިނަދޫގެ އިތުރުން ތ. ގުރައިދޫ އަދި ލ. ފޮނަދޫއަށް އާ ޖަނެރޭޓަރުތައް ފޮނުވުމަށް ބޯޓަށް ލޯޑުކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

comment ކޮމެންޓް