މިހާރު އެވޯޑްސް: ރަންބޫޓާއި މޮޅު ކުޅުންތެރިޔާކަން މިފަހަރުވެސް ދަނގަޑޭއަށް

އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީ ދަގަނޑޭއަށް ރައީސް ދެއްވަނީ--

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓް، އަލީ އަޝްފާގް (ދަނގަޑޭ)އަށް ހަވަނަ ފަހަރަށް ލިބިއްޖެ އެވެ.

މިހާރު ނޫހުން ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ދެމުންގެންދާ "މިހާރު އެވޯޑްސް" ދިނުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ހަފްލާގައި ދަގަނޑޭއަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

މީގެ ކުރިން ހަވީރު ނޫސް ހިންގަމުން ދިޔައިރު ދެމުން ގެންދިޔަ "ހަވީރު ސްޕޯޓްސް އެވޯޑްސް" ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2003، 2007، 2009، 2011 އަދި 2013 ގައިވެސް ދަގަނޑޭ ވަނީ ހާސިލްކޮށްފަ އެވެ.

އެންމެ ގިނައިން ގޯލް ޖަހައިގެން ދޭ ރަންބޫޓުވެސް ދަގަނޑޭއަށް ރޭ ވަނީ އަރުވައިފަ އެވެ. މިއީ އޭނާ ރަން ބޫޓު ހާސިލްކުރި އަށް ވަނަ ފަހަރެވެެ.

ރޭ ބޭއްވި އެވޯޑް ހަފްލާގައި ދެވަނައަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ އަލީ ފާސިރު (ސެންޓޭ)އެވެ. އަދި ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހުމަދު ރިޒްވާން (ރިލޭ) އެވެ.

comment ކޮމެންޓް