މިދިޔަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާގެ ސާފު ފައިދާ

ދިރާގުން ންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

ދިރާގުން އާންމުކޮށްފައިވާ އެކުންފުނީގެ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުތައް ދައްކާގޮތުން އެކުންފުންޏަށް ފައިދާގެ ގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 238 މިލިއަން ރުފިޔާ އެވެ.

އާމްދަނީގެ ގޮތުގައި ދިރާގަށް އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 710 މިލިއަން ރުފިޔާ އެވެ.

ދިރާގުން ބުނީ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވީ އޮޕަރޭޝަން ކޮސްޓު އިތުރުވެ، ޓޫރިޒަމްގެ ލޯ ސީޒަނުގެ ސަބަބުން ރޯމިން ގެ ހިދުމަތުން ލިބުނު ފައިދާ ދަށްވުމުން ކަމަށެވެ.

އޮޕަރޭޝަން ކޮސްޓުގެ ގޮތުގައި ދިރާގުން މިދިޔަ ކުއާޓަރުގައި 350 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކާފައިވަނީ 41 މިލިއަން ރުފިޔާ އެވެެ.

ނަމަވެސް ދެވަނަ ކުއާޓަރުގައި ކުންފުނީގެ ކޭޝްފްލޯ ރަނގަޅުވެފައިވާކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން އަހަރުގެ ދެވަނަ ކުއާޓާރުގައި ހިންގާފައިވާ މުހިއްމު ހަރަކާތްތަކަށް ބަލާޢިރު، ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ ޕާކުތަކަށް ހިލޭ ވައިފައި ދިނުމުގެ ޕްރޮޖެކްޓު ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން 1ޖީބީޕީއެސްގެ ހަލުވި އިންޓަނެޓް ތައާރަފު ކުރުމާއި ދިރާގު ޓީވީގެ ހިދުމަތް ފުޅާކުރުމަށް ވީޑިއޯ އޮން ޑިމާންޑް ފީޗާ ތައާރަފު ކުރުން ހިމެނެ އެވެ.

comment ކޮމެންޓް