އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިވަޑައިގެންފި

ކުރީގެ ނައިބުރައީސް އަދީބު : ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފިއެވެ.

ޓަގު ބޯޓެއްގައި އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ހިފަހައްޓާފައިވާ އަދީބުގެ ދިފާއުގައި އިންޓަނޭޝަނަލް ޖަސްޓިސް ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ބުނީ އަދީބު އިންޑިއާ އަށް ވަޑައިގަތީ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެން ކަމަށެވެ. އެ ހިމާޔަތް އަދީބަށް ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

ޓަގު ބޯޓެއްގައި އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ހިފަހައްޓާފައިވާ އަދީބުގެ ދިފާއުގައި އިންޓަނޭޝަނަލް ޖަސްޓިސް ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ބުނީ އަދީބު އިންޑިއާ އަށް ވަޑައިގަތީ ސިޔާސީ ހިމާޔަތަށް އެދިވަޑައިގެން ކަމަށެވެ. އެ ހިމާޔަތް އަދީބަށް ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އަދީބުގެ ދިފާއުގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ އަދީބުގެ މައްޗަށް ސާބިތުނުވާ މައްސަލަތަކެއްގައި، އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި އަދީބު ލައްވާ ގަދަކަމުން ޑޮކިޔުމެންޓެއްގައި ސޮއިކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ޑޮކިޔުމެންޓަކީ އަދީބުގެ މައްޗަށް ސާބިތު ނުވާ ކުށްތަކަކީ، އަދީބު ޒިންމާވާންޖެހޭ ކަންތައްތަކެއް ކަމަށް ބުނާ ޑޮކިޔުމެންޓެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އަދީބަށް ލިބެންޖެހޭ ސިއްހީ ފަރުވާ ލިބޭނީ އެ ލިޔުމުގައި ސޮއިކުރެއްވުމުންކަމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

އަދީބަށް ރާއްޖެއިން އިންސާފު ލިބޭނެކަމުގެ އުއްމީދެއް ނެތުމުން އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިލެއްވި ކަމަށް ބަޔާނުގައި ބުންޏެވެ. އަދީބުގެ އަތުގައި އެއްވެސް ޑޮކިޔުމެންޓެއް ނެތި، އިންޑިއާ އަށް އެތެރެވާން ހުއްދަ ނެތް ބަނދަރަކުން އެގައުމަށް އެތެރެވާން އުޅެނިކޮށް މިއަދު ވަނީ ހިފަހައްޓައިފައެވެ. އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އަދީބުގެ ދިފާއުގައި ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިފައިވާއިރު އިންޑިއާ އަކަށް އަދީބު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ހަވާލެއް ނުކުރެވޭނެ ކަމަށެވެ. ދެގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮތްނަމަވެސް ބައިނަލްއަގުވާމީ މުއާހަދާތަކާއި ގަވައިދުތަކަށް ބަލާއިރު އެކަން އެގޮތަށް ނުކުރެވޭނެކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ޑިޕްލޮމެޓިކް އަދި ސިޔާސީ އިންޓްރެސްޓަށްވުރެ އިސްކުރަންޖެހޭނީ އިންޑިވިޖުއަލް އެއްގެ މަސްލަހަތު ކަމަށާއި އިންޑިއާގެ ހިމާޔަތަށް އަދީބު އެދުނު އެދުން ގަބޫލު ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އަދީބުގެ ހައްގުތައް ރައްކާތެރިކޮށް އަދީބަށް ހިމާޔަތްދިނުމަށް އދގެ ކޮމިޝަން ފޯ ރެފިޔުޖީސް އަށް ގޮވާލާ ކަމަށެވެ.

comment ކޮމެންޓް