ގައުމީ ޔުނިވާސިޓީގައި އިންޖިނިއަރިންއާ ގުޅޭ މަހާސިންތާއެއް

ގައުމީ ޔުނިވާސިޓީގައި ފެށި އިންޖިނިއަރިންއާ ގުޅޭ މަހާސިންތާގެ ތެރެއިން--- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި 960 ކޮންސަލްޓެންޓްސްއާ ގުޅިގެން އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އިންޖިނިއަރިންގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން "އިންޖިނިއަރުން ސިމްޕޯސިއަމް 2019" ގެ ނަމުގައި މަހާސިންތާއެއް މިއަދު ހެނދުނު އެމްއެންޔޫގައި ފަށައިފި އެވެ.

އެ މަހާސިންތާއަކީ މިދިޔަ މަހު އެމްއެންޔޫއާއި ސްރީލަންކާގެ ސްޓަރަކްޓަރަލް އިންޖިނިއަރިން ކޮންސަލްޓަންސް (ސީއެސްއީސީ) އާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ބާއްވާ ފުރަތަމަ ސިމްޕޯސިއަމްއެވެ. ސީއެސްސީގެ ރާއްޖޭގެ ރަސްމީ ސްޓެރެޓެޖިކް ޕާޓްނަރަކީ 960 ކޮންސަލްޓަންޓެވެ.

ގައުމީ ޔުނިވާސިޓީގައި ފެށި އިންޖިނިއަރިންއާ ގުޅޭ މަހާސިންތާގެ ތެރެއިން--- ފޮޓޯ: އެމްއެންޔޫ

މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާ އެ މަހާސިންތާގައި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަންގެ ޕްރޮފެސަރު ޕްރިޔަން މެންޑިސްއާއި ޕެރެޑެނިއާ ޔުނިވާސިޓީގެ އިންޖިނިއަރިން ހެޑް އެންޑް ސީނިއާ ޕްރޮފެސާ އިން ސިވިލް އިންޖިނިއަރިން ޕްރޮފެސަރު ރަންޖިތު ޑިސަނަޔަކަ އަދި ހަމަ އެ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރަާ ޑރ. ޗަމިންދަ ބަންޑަރަ ބައިވެރިވެލެއްވިއެވެެ.

އެ މަހާސިންތާގައި ޕްރޮފެސަރު ރަންޖިތު ވަނީ ގްރީން އިނޮވޭޝަން ބޭނުންކުރެވޭނެ ތަފާތު ގޮތްތަކާއި އަދި އެކަމާ ބެހޭ އެންމެ ފަހުގެ ދިރާސާތައް ހިއްސާ ކުރައްވައިފައެވެ.

އެ މހާސިންތާގައި ޑރ. ޗަމިންދާ ވަނީ އިމާރާތްތައް ހެދުމުގައި ވީހާވެސް ތިމާވެއްޓަށް ފައިދާވާނެ ގޮތްތަކަށް ވިސްނައިގެން ކުރެވޭ ސްޓްރަކްޗަރަަލް މަސައްކަތް ( ގްރީން ބިލްޑިން ޕްރެކްޓިސް) ގެ މައްޗަށްވެސް އަލިއަޅުވާލައްވައިފައެވެ.

comment ކޮމެންޓް