މިއަދު ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ!

މިއަދު ހަވީރު މާލޭ މަގުމަތީގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން، މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން ޓްރާންސްޕޯޓު އޮތޯރިޓީއިން މަނާކޮށްފިއެވެ.

ކުޅިވަރުގެ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް، މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި ވަނީ މިއަދު ހަވީރު 16:00 އިން އިރު އޮއްސި 18:00 އާ ހަމައަށެވެ.

އެހެންކަމުން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން މިއަދު އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ފިޔަވައި އިތުރު އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ.

ޓްރާންސްޕޯޓުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް