މިއަދު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑޭނެ ކަމަށާއި އެކަމަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ކަރަންޓު ކެނޑޭތާ ކުޑަ ވަގުުކޮޅެއްގެ ތެރޭ ކަރަންޓު ދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ކަރަންޓު ކެނޑޭނީ ކޮން ސަރަހައްދުތަކުން ކަމެއް އެކުންފުންޏަކުން ނުބުނެއެވެ.
ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓު ކެނޑޭ މައްސަލަ މިހާރުވެސް ކުރިމަތިވެ އެވެ.