ޖޭޕީގެ ނައިބު ރައީސަކަށް ސައުދު

ޖޭޕީގެ ރައީސް ކަމަށް އިންތިޚާބުކުރި އަހްމަދު ސައުދު

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމަށް އެ ޕާޓީގެ ކުރީގެ ރަޖިސްޓްރާ އަހްމަދު ސައުދު އިންތިޚާބުކޮށްފިއެވެ.

އޭނާ އެ މަގާމަށް އިންތިޚާބުކުރީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

އެ ޕާޓީގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވީ ޑރ. އަބްދުﷲ މައުސޫމެވެ. ނަމަވެސް ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ އެކު ޑރ. މައުސޫމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޖޭޕީގެ ރައީސަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ އިތުރުން މިރޭ ވަނީ އެހެން ބައެއް ނިންމުންތައް ވެސް ނިންމާފައެވެ. އެގޮތުން އެކި އެކި އިންތިޚާބުތަކުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް މިރޭ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް