އޯލެވެލް ގަދަ 10އެއްގެ އިނާމް ދިނުމުގެ ހަފްލާ އަންނަ ސެޕްޓެމްބަރުގައި

މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި ބައިވެރިވެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ އެވޯޑު ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް އަށާރަ ވަނަ އަހަރު ސާނަވީ ތައުލީމު ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމުގެ ހަފްލާ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެ ހަފްލާ ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 12ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

ރާއްޖޭގެ އެކި ސްކޫލުތަކުން މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި 5000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި އޭގެ ތެރެއިން 405 ކުއްޖަކު ވަނީ ގަދަ 10 އެއްގައި ހިމެނިފަ އެވެ.

މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާ ހަނދާނީ ލިއުން ދިނުމުގެ ހާއްސަ ހަފްލާ މި މަހު ވަނީ ބާއްވާފަ އެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެކި މާއްދަތަކުން ރާއްޖޭގެ 11 ދަރިވަރަކު ވަނީ ދުނިޔޭގެ އެއްވަނަ ހާސިލްކޮށްފަ އެވެ.

comment ކޮމެންޓް