ނަގިލި ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

ނަގިލި ނަގަން ފޭބި މީހާ ގެއްލުނު ސަރަހައްދު---ފޮޓޯ: އެމްއެންޑީއެފް

ކ. ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯނީގެ ނަގިލި ނަގަން ފޭބި މީހަކު ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:50 ގައި ކަމަށެވެ.

އެ ހާދިސާގައި ގެއްލިފައިވަނީ ބިދޭސީ ފަޅުވެރިއެއްކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ގެއްލުނު މީހާ ހޯދުމަށް މާލޭ ސަރަހައްދުގެ ޑައިވަރުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގިއިރު ދޯނީގާއި އަށް ދިވެހިން ތިބި ކަމަށެވެ. މި ނޫން އިތުރު ތަފްސީލެއް މިހާތަނަށް އެ ފަރާތުން ހާމަ ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް