ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަށީގެ އިތުރު ޑޮކްޓަރެއް ގެންނަނީ

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް --- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަށީގެ އިތުރު ޑޮކްޓަރެއް ގެންނަން ނިންމައިފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަށީގެ އިތުރު ޑޮކްޓަރެއް ގެންނަން ނިންމިއިރު އެރަށުގައި އިނގިއްޔެއް ބިނދިގެން ދިޔަ މީހަކަށް ފަރުވާނުދެވި މާލެ ފޮނުވާލަން ޖެހުމުގެ ހާދިސާއެއް އިއްޔެ ވަނީ ހިނގައިފައެވެ. އެ ހާދިސާއާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި ހަދީޖާ އަލީ "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރު މިދިޔަ މހަުގެ 29 އިން ފެށިގެން ހުންނެވީ ޗުއްޓީއަށް ރާއްޖެއިން ބޭރުގައި ކަަމަށެވެ.

" އަޅުގަނޑުމެން އާ ޑޮކްޓަރަކަށް އެދުމުން މިހާރު ވަނީ އާ ކަށީގެ ޑޮކްޓަރެއް ހަމަޖައްސައިދީފައި. އެ ޑޮކްޓަރު މިވަގުތު ހުރީ މާލޭގައި. ވަރަށް އަވަހަށް ރަށަށް އަންނާނެ،" ހަދީޖާ ވިދާޅުވިއެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަންވެސް ވަނީ ނިންމައިފައެވެ.

ހަދީޖާ ވިދާޅުވީ އެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ގެނައި އެމްއާރުއައި މެޝިންގެ ހިދުމަތް ދިނުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

comment ކޮމެންޓް