މާފުށީ ޖަލުން ފިލި ގައިދީއަކު ކަނޑުމަތިން ހިފަހައްޓައިފި

މާފުށީ ޖަލުން ފިލި މީހަކު ވަނީ ހިފަހައްޓާފައި -- ފޮޓޯ/ ކަރެކްޝަންސް

މާފުށީ ޖަލުން ރޭ ފިލި ގައިދީއަކު ކަނޑުމަތިން ހިފަހައްޓައިފިއެވެ.

ކަރެންޝަންސްއިން މިއަދު ބުނީ، މާފުށީ ޖަލުން ފިލީ އެ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ގައިދީއެއް ކަމަށެވެ. އަދި އޭނާ ފިލީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ހޯދުމަށް ކުރި މަސައްތަކުން އޭނާ ފެނިފައި ވަނީ ކެނޫއެއްގައި ކަނޑުމަތިންނެވެ. ކަރެކްޝަންސްގެ އޮފިޝަލުން ވަނީ ލޯންޗެއްްގައި ގޮސް އޭނާ ހިފަހައްޓާފައެވެ.

އޭނާ އަނބުރާ ޖަލަށް ގެންދިޔައީ މިއަދު ހެނދުނު 6:55 ހާ އިރުއެވެ.

އެ މަސައްކަތުގައި ކަރެކްޝަންސްއަށް މާފުށީ ރައްޔިތުންނާއި ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

comment ކޮމެންޓް