މިދިޔަ މަހު ކަސްޓަމްސްއަށް 266 މިލިއަން ރުފިޔާގެ އާމްދަނީއެއް

ކަސްޓަމަސް އިމާރާތް : -- ސަންފައިލް ފޮޓޯ

މިދިޔަ މަހު ކަސްޓަމްސްއަށް 266 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު 13 ޕަސެންޓްގެ ކުރިއެރުމެކެވެ. ނަމަވެސް މިދިޔަ މަހަށް ވުރެ އޭގެ ކުރީ މޭމަހު ލިބުނު އާމްދަނީ ދަށެވެ. މޭ މަހު 271 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަސްޓަމްސްއަށް ލިބުނެވެެ.

މިދިޔަ މަހު ރާއްޖެ އިމްޕޯޓް ކުރި މުދަލުގެ އަގު އޭގެ ކުރީ އަހަރުގެ ޖޫން މަހު އިމްޕޯޓް ކުރި މުދަލުގެ އަގުވެސް ފަސް ޕަސެންޓް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު ޖޫން މަހު 3.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު މިދިޔަ ޖޫން މަހު އެތެރެކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ މަހުވެސް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ.

އޭގެ އިތުރުން މިދިޔަ މަހު ރާއްޖެ އެކްސްޕޯޓް ކުރި މުދަލުގެ އަގު އޭގެ ކުރީ އަހަރުގެ ޖޫން މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގުވަނީ ހަތް ޕަސެންޓް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު ޖޫން މަހު 113 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު މިދިޔަ ޖޫން މަހު އެތެރެކޮށްފައިވަނީ 104 މިލިއަން ރުފިޔާގެ މުދަލެވެ. އެންމެ ގިނައިން ބޭރުކޮށްފައިވަނީ މަހުގެ ބާވަތްތަކެެވެ. އޭގެ ތެރެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ކަޅުބިލަ މަހެެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނަށެވެ. ޖަރުމަަނަށް 42 ޕަސެންޓް ތަކެތި އެކްސްޕޯޓްކޮށްފައިވެއެވެ.

comment ކޮމެންޓް