އާ ދެ ޖެނަރޭޓަރު ބަހައްޓާތީ ދޭތެރެ ދޭތެރެއިން މާލޭން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

އަލަށް ގެނެސްފައިވާ 8900 ކިލޯ ވޯޓުގެ ދެ ޖަނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ދާތީ މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެން މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ކަރަންޓް ކުންފުނި، ސްޓެލްކޯ އިން ބުނެފިއެވެ. އެކުންފުނީ ވެރިރަށް މާލޭގެ ބޮޑު ބަޔަކު ރޭ ގަޑިއެއްހާއިރު ކަރަންޓު ކެނޑުމަށްފަހު މިއަދު ވެސް މުޅި މާލެއިން ވަނީ ބައިގަޑިއެއްހާއިރަށް ކަރަންޓު ކެނޑި އާންމުންނަށް ދަތިތަކާ ކުރިމަތިވެފަ އެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓާ ހުސެއިން ރައޫފް މިރޭ އިރުއޮއްސި 6:00 އިން ފެށިގެން ބައިގަޑިއިރުވަންދެން މުޅި މާލެއިން ކަރަންޓް ކެނޑުނީ މިއަދު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އޭނާ އަދި ވިދާޅުވީ 8900 ކިލޯ ވޯޓުގެ ދެ ޖަނެރޭޓަރު ބެހެއްޓުމުގެ މަސްކަތްކުރަމުންދާތީ މާލެއިން ކަރަންޓްކެނޑެން މެދުވެރިވެދާނެކަން ކުރިންސުރެ މީޑިއާ މެދުވެރިކޮށް އާންމުކޮށް އިއުލާން ކޮށްފައިވާނެ ކަމަށެވެ. އަލަށް ބަހައްޓާ ދެ އިންޖީނުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ފެބުރުއަރީ ހިސާބުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަލަށް ސްޓެލްކޯއިން ގެނައި ދެ ޖަނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ މާޗް ހިސާބުގަ. މި މަސައްކަތް ކުރިޔަށްދާއިރު މާލޭގެ އެކި ހިސާބުތަކުން އެކިވަގުތު ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް،" ރައޫފް ވިދާޅުވިއެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Hussein Rauoof (mp3)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު