މާލެތެރެ ސާފުކުރުމަށް އެމެރިކަން ސެންޓާ އިން އިސްނަގައިގެން މިއަދު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގުރާމުގައި 944 ކިލޯގެ ކުނި ނަގައިފިއެވެ.
އެމެރިކަން ސެންޓާ އިން ބުނީ މިއަދުގެ ސާފުކުރުމުގެ ޕްރޮގުރާމުގައި 936 ވޮލަންޓިއަރުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ސްޓީލް ހާޑްވެއާގެ މުވައްޒަފުންނާއި އެކި ސްކޫލުގެ ދަރިވަރުންވެސް ހިމެނެއެވެ.

މިއަދު ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތް -- ފޮޓޯ :އެމެރިކަން ސެންޓާ
ސްކައުޓް އެސޯސިއޭޝަނާއި ގާލްގައިޑް އެސޯސިއޭޝަން، ޓްވިޓްސާފު އަދި އެމްވީ ބަޔޯޑައިވާސިޓީ އާއި ވެމްކޯ، މާލޭސިޓީ ކައުންސިލް އަދި ފެވޯޕެކްއެމްވީގެވެސް އެއްބާރުލުމާއެކު މިއަދު ކުރިއަށްގެންދިޔަ ސާފުކުރުމުގ ހަރަކާތުގައި އެއްކުރި ކުނިތައް ވަނީ ރައްކާތެރިގޮތުގައި ނައްތާލައިފައެވެ.
މީގެ ކުރިންވެސް އެމެރިކަން ސެންޓާ އިން ވަނީ ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަސް ގެންގޮސްފައެވެ.