އަލީ ސައީދު މަގާމުން ވަކިކުރީ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްގެން: ފެމިލީ ކޯޓު

ފެމިލީ ކޯޓު --

ފެމިލީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސާގެ މަގާމުން އަލީ ސައީދު ވަކިކޮށްފައި ވަނީ، އޭނާގެ މައްޗަށް އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ސާބިތުވެގެން ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން އަލީ ސައީދު ވަކިކޮށްފައި ވަނީ، މިިދިޔަ އަންގާރަ ދުވަހު އެވެ.

ފެމިލީ ކޯޓުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ކޯޓުގެ އަންހެން މުވައްޒިފަކަށް އަލީ ސައީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވާތީ، މިދިޔަ މަހު ދެ ވަނަ ދުވަހު ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެ މައްސަލަ ބަލައިދިނުމަށް އެދި ފޮނުވި ކަމަށެވެ.

އެގޮތުން އަލީ ސައީދު މަގާމުން ވަކިކޮށްފައި ވަނީ، ޑިޖޭއޭ އިން އެ މައްސަލަ ބަލައި، އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެފައި ވާތީ ކަމަށް ފަމެލީ ކޯޓުގެ ބަޔާނުގައި ބުނެ އެވެ. އަދި އޭނާ ވަކިކޮށްފައި ވަނީ ޝަރުއީ ދާއިރާ މުވައްޒިފުންގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އަލީ ސައީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ، ފެމިލީ ކޯޓުގެ އަންހެން މުވައްޒިފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް 13 ހުށަހެޅީފައިވާ މައްސަލަ ޑީޖޭއޭ އިން ތަހުގީގު ކުރުމަށް ފަހު، މައްސަލަ ސާބިތުވާ ކަމަށް މައްސަލަ ބެލި ކޮމިޓީން 13 ޖޫން 2019ގައި ނިންމާފައިވާތީ." ކަމަށް ބަޔާނުގައި ބުންޏެވެ.

އަލީ ސައީދު މަގާމުން ވަކިކޮށްފައި ވަނީ ޝަކުވާކާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ބަޔާނުގައި ބުނީ، އަލީ ސައީދު މަގާމުން ވަކިކޮށްފައި ވަނީ އެއްވެސް އިދާރާ އަކަށް ހުށަހެހިފައިވާ ޝަކުވާއެއް ނުވަތަ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ.

comment ކޮމެންޓް