ކަރަންޓް ބިލް ބޮޑުވުުމުގެ ޝަކުވާތައް ބަލައިގަންނަން ހާއްސަ ކައުންޓަރެއް ބަހައްޓައިފި

ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ސްޓެލްކޯގައި ގާއިމްކޮށްފައިވާ ހާއްސ ކައުންޓަރު. -- ފޮޓޯ/ ސްޓެލްކޯ

ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާ ބޮޑުވެފައި ވާތީ، އެ ޝަކުވާތައް ބަލައިގަންނަން ހާއްސަ ކައުންޓަރެއް ސްޓެލްކޯގައި ގާއިމްކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ސްޓެލްކޯގެ މައި އޮފީހުގައި އެ ކައުންޓަރު ގާއިމް ކުރުމުގެ ބޭނުމަކީ ކަރަންޓް ބިލްތަކާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހުރި ޝަކުވާތައް އޮޅުން ފިލުވައިދީ އެފަދަ ޝަކުވާތައް ބެލުމަށް ފަސޭހަ މަގެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓް ބިލްތައް 200 އެއްހާ ޕަސެންޓް ބޮޑުވެފައި ވާތީ، އާންމުންގެ ކަންބޮޑުވުން އެބަ އޮތެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ބިލުތައް މިދިޔަ ދެ މަހު ބޮޑުވީ ހޫނު ގަދަވުމާއި ރޯދަ މަސް އައުމުގެ ސަބަބުން ކަރަންޓް ބޭނުން ކުރާ ވަރު ވަރަށް ބޮޑަށް އިތުރުވުނުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެެވެ. އަދި އެކަމުގައި އިތުރު ކަންތައްތަކެއް ނޯންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

comment ކޮމެންޓް