ބޮޑު ތަރުހީބެއް ލިބުނު ބީއެމްއެލް "އީދު ކިހިނެއް" ގެ ނަސީބުވެރިން ހޮވައިފި

އީދު ކިހިނެއް މުބާރާތުން ވަނަ އަށް ދިޔަ ފޮޓޯ އެއް -- ފޮޓޯ: ޓްވިޓާ

ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ "އީދު ކިހިނެއް" ފޮޓޯ ކޮންޕެޓިޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.

ފިތުރު އީދުގެ ހަރަކާތްތައް ޓްވިޓާ އާއި އިންސްޓަގްރާމުގައި ހިއްސާކޮށްގެން 5000 ރުފިޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "އީދު ކިހިނެއް" ހަރަކާތުގެ ނަސީބުވެރިން ހޮވީ #EidKihineh ޖަހައި ޝެއާ ކުރި ފޮޓޯތަކުގެ ތެރެއިންނެވެ.

މި ފޮޓޯ ކޮމްޕެޓިޝަނަށް 800 އަށް ވުރެ ގިނަ ފޮޓޯ ލިބުނު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޓްވިޓަރ ގައި ފޮޓޯ ޝެއާ ކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު ތިން ފަރާތަކީ:
@marraajameel
@dhiwanderingirl
@ShixnaH

އިންސްޓަރގްރާމް ގައި ފޮޓޯ ޝެއާ ކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު ތިން ފަރާތަކީ:
@shaxlon
@awwamphotos
@xidhoo0

މި ހުރިހާ ފަރާތަކަށްވެސް 5000 ރުފިޔާގެ ގިފްޓްކާޑެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ގައުމީ ބެންކުން ވަނީ ފިތުރު އީދު ދުވަހާ ގުޅިގެން، އަށް ރަށެއްގައި އީދު ސައި ވެސް ބާއްވާފައެވެ. އީދު ސައި ބޭއްވީ ހއ. ހޯރަފުއްޓާއި ށ. ފުނަދު އާއި ނ. ހޮޅުދު އާއި ޅ. ނައިފަރާއި އއ. ރަސްދު އާއި ވ. ފެލިދޫގެ އިތުރުން މ. މުއްޔާއި ސ. ހުޅުމީދޫގަ އެވެ.

އީދު ސައި އިންތިޒާމްކޮށްފައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންނާ ގުޅިގެންނެވެ.

comment ކޮމެންޓް