ގިނަ ފަންނާނުންނާ އެކު ގެމަނަފުށި އީދު ޝޯ މިރޭ!

މި ތަރިން މިރޭ ގެމަނަފުށީގައި ޝޯ ހުށައަޅައިދޭނެ--- ފޮޓޯ/ އިންސްޓަގްރާމް

ކުޑަ އީދުގެ އުފާވެރިކަން ހުރިހާ މުސްލިމުންނަށް މިއޮތީ ބައްދަލުވެފަ އެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން ރޭވި ގޮތަށް ހުރިހާ ކަންތައްތަކެއް ނުކުރެވުނު ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އީދު އުފާ ފާޅުކުރަމުންނެވެ.

ގިނަ އަދަދެއްގެ ފިލްމީތަރިންނާއެކު މިފަހަރުގެ އީދު އެންމެ ފޯރިގަދަވާނީ ގއ ގެމަނަފުށީގައި ކަމަށް ބެލެވެއެވެ. އައިޝަތު ރިޝްމީ ރަމީޒް، ރަވީ ފާރޫގް، އަހްމަދު އަޒްމީލް، ޖުމައްޔިލް ނިމާލް، ރަޝްފާ (އާޝާ)، މަރިޔަމް މަޖުދާ އަދި ޖުމައިހް (ޖުމާ)ގެ ޖާދުވީ ނެށުންތައް މިރޭ ގެމަނަފުށީގައި ދައްކާލާނެއެވެ.

އީދު ޝޯ އާ ގުޅޭގޮތުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ 21:00 ޖަހާއިރު ބަނދަރު ސްޓޭޖްގައި ޝޯ ކުރިއަށްދާނެ ކަމަށެވެ.

ފިލްމީ ފަންނާނުންނަށް ގެމަނަފުށިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި--- ފޮޓޯ/ ގެމަނަފުށި ރައްޔިތެއް---

ފޯރިގަދަ ނެށުންތަކަކާއެކު ކުރިއަށްދާނެ ސްޓޭޖް ހުށައެޅުމަށް ރަށު ރަތްޔިޔުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެއެވެ.

ހުރިހާ ފަންނާނުންނެއްވެސް އިއްޔެގެ ވަގުތެއްގައި ވަނީ ގެމަނަފުށްޓަށް ގޮއްސައެވެ. މުނިފޫހިފުލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ގެމަނަފުށި ރަތްޔިތުން ވަނީ ރަށަށް އައި މެހެމާނުންނަށް ވަރަށް ފުރިހަމައަށް މަރުހަބާ ކިޔާފައެވެ.

ގެމަނަފުށި އީދު މަޅި--- ފޮޓޯ/ ގެމަނަފުށި ރައްޔިތެއް

އީދުގެ އެކި ހަރަކާތްތައް އެކި ދުވަސްމަތިން ކުރުމަށް ރާވާލައިފައިވާއިރު މިހާރު ދެން ކުރިއަށް އޮތީ އީދު މާލި، އީދު ޝޯ އަދި ކުލަޖެހުމުގެ ހަރަކާތެވެ.

އިއްޔެ ވަނީ ގިނަ ހަރަކާތްތަކެއް އެ ރަށުގައި ކުރިއަށް ގެންގޮއްސައެވެ.

ގެމަނަފުށި އީދު ހަރަކާތް--- ފޮޓޯ/ ގެމަނަފުށި ރައްޔިތެއް---

ހަމަ ޔަގީނުންވެސް މިފަހަރުގެ އީދު ޝޯ އެންމެ ފޯރިގަދަވާނެ އެއް ރަށަކީ ގެމަނަފުށްޓެވެ. އެ ޓީމުން އީދު ފޯރިގަދަކުރާނެ ކަމުގެ ޔަގީނެވެ. އޯޑިއަންސްގެ ތަރުހީބު ވެސް ވަރަށް ބޭނުންވާނެ އެވެ.

comment ކޮމެންޓް