މޫސުން ގޯސްވުމުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ވަނީ މޫސުން ތަންނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެ ކަމަށެވެ. އަދި މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފާއިތުވި އަޟްހާ އީދުގައި މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައި ވަނީ މާލޭ ދެކުނު ފަރާތު މާފަންނު ސްޓޭޑިއަމާއި ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް އިސްލާމީ މަރުކަޒުގަ އެވެ. ހުޅުމާލޭ ސެންޓްރަލްޕާކު އަދި ވިލިމާލޭ ބޯޅަ ދަނޑުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު މިދިޔަ އަޟްހާ އީދުގައި ވަނީ ކޮށްފައެވެ.