މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފަިއވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. މެޓުން ބުނީ މި ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން އިއްޔެ ބުނީ މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ވިލާގަނޑުގައި 45 މޭލު ބާރުމިނުގައެވެ.
ބޯކޮށްވާރޭ ވެހި، ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވާރޭވެހި ފާއިތުވި ދެ ދުވަހުގެ ތެރޭ ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ވަނީ ފެން ބޮޑުވެފައެވެ.