ފުލުހުންގެ ވެހިކަލެއް ހޮޅި ދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ފުލުހުންގެ ވެހިކަލެއް ހޮޅި ދަނޑިއެއްގައި ޖެހި ގެެއްލުންވެފައި--- ފޮޓޯ: ޓުވިޓާ

ފުލުހުންގެ ވެހިކަލެއް ހޮޅި ދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ އިއްޔެ ހެނދުނު 10:46 އެހާކަންހާއިރު ހއ. ހޯރަފުށީގެ ބަނދަރު ސަރަހައްދު ޕެޓްރޯލްކުރަމުން ދަނިކޮށް މަގު މެދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެގެން ކަަމަށެެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގައިފައިވަނީ މަގުމަތީއޮތް ވަޅުގަނޑަކުން ނައްޓާލަން އުޅެނިކޮށް ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި އެހެން ނަމަވެސް ވެހިކަލްގެ ކުރީ ލައިޓް ތަޅައިގެން ގޮސް ބަފަރުގެ އަރިމަތި ފަޅައިގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް