ރޭ މެންދަމު ހއ. އުލިގަމަށް ހޮނުއަޅައި އެ ރަށުގެ ގޭގޭގެ ބައެއް ތަކެއްޗަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް "ސަން" އަށް މިއަދު ވިދާޅުވީ ރޭ މެންދަމު 12:00 އިން ފެށިގެން މެންދަމު 2:00 ހަމަޔަށް ވަރަށް ބޯކޮށް ވިއްސާރަ ވެހުނު ކަމަށެވެ.
" ރަށުތެރޭގައި ކޮންމެވެސް ވަރަކަށް ފެންބޮޑުވި އެހެންނަމަވެސް ގެއްލުމެއް ނުލިބޭ. ނަމަވެސް ހޮނު އެޅުމުގެ ސަބަބުން ބައެއް ގޭގޭގެ ޓީވީއާއި އޭސީފަދަ ތަކެއްޗަށް ގެއްލުން ލިބުނު." މުއާޒް ވިދާޅުވިއެވެ.
މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ މި މަހު 20 ގައި ވަނީ ފެށިފަ އެވެ. އަދި މިހާރު ހިނގަމުންދަނީ އެ މޫސުމުގެ ރޯނު ނަކަތެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދޭތެރެއިން ދޭތެރެއިން ވިއްސާރަކޮށް، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.