ހަތަރު ރަށެއްގައި ތާރު އެޅުމަށް 118 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފި

ހަތަރު ރަށެއްގައި ތާރު އެޅުމަށް އެމްޓީސީސީއާ ހަވާކުރުމަށް ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހަތަރު ރަށެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ތާރު އެޅުމަށް ހަވާލުކޮށްފައިވަނީ ހދ. ހަނިމާދޫ. ރ. ދުވާފަރާއި އުނގޫފާރު އަދި ލ. ފޮނަދޫގައި ތާރު އެޅުމަށެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރުގްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ހަސަން ޝާހުއެވެ.

އެ މަސައްކަތްތައް 240 ދުވަހުން ނިންމާ ގޮތަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މަސައްކަތްތައް ހަވާލުކުރި އަގުތައް

  • ހަނިމާދު - 46 މިލިއަން ރުފިޔާ
  • ފޮނަދޫ - 25 މިލިއަން ރުފިޔާ
  • އުނގޫފާރު - 19 މިލިއަން ރުފިޔާ
  • ދުވާފަރު - 28 މިލިއަން ރުފިޔާ

އެއީ ޖުމްލަ 118 މިލިއަނެއްހާ ރުފިޔާ އެވެ.

comment ކޮމެންޓް