ރައީސް ޔާމީން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސުޕްރީމް ކޯޓް -- ސަން ފޮޓޯ// ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެ މައްސަލައިގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓް އަންފްރީޒް ކުރަން ހައިކޯޓުން ކުރި އަމުރު ވެސް އިސްތިއުނާފު ކޮށްފައިވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔަމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކުރީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ އެކައުންޓް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުއެވެ.

comment ކޮމެންޓް