ވެބް ސީރީޒް "ޝްޝްޝް" ބަލަން ތައްޔާރުތަ؟

ޝްޝްޝްގެ ޕޯސްޓަރެއް---

މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ފުރަތަމަ ވެބް ސީރީޒް "ޝްޝްޝް" މިރޭ ބައިސްކޯފު އެޕްލިކޭޝަންއިން ދައްކާނެއެވެ.

"ސަން" އާ ވާހަކަ ދައްކަމުން އަމްޖޭ ބުނީ ހަފްތާ މިރޭ ގެނެސްދޭނީ ސީރީޒްގެ ފުރަތަމަ ސީޒަން ކަމަށާއި ރަމަޟާން މަހު ފުރަތަމަ ސީޒަން އެއްކޮށް ދައްކާ ނިމޭނެ ކަމަށެވެ.

ޖުމްލަ ފަސް އެޕިސޯޑަކަށް ތައްޔާރުކޮށް މިރޭ ގެނެސްދޭން ފަށާ އެ ސީރީޒްގެ ދެވަނަ ސީޒަން ވެސް އަވަސް މުސްތަގްބަލެއްގައި ދައްކާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ޝްޝްޝް" އަކީ "ބިރުވެރި ކަންތައްތަކެއް ފެނިގެންދާ ސީރީޒެއް."

ސީރީޒްގައި ހިމެނޭ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، ޒީނަތު އައްބާސް އަދި އަޒްމީލް (އަޒޭ) ހިމެނެއެވެ. އަދި އަހްމަދު ޝާޒް، އިރުފާނާ އިބްރާހިމް އަދި މަރިޔަމް ހަލީމް ވެސް އެ ސީރީޒްއިން ފެނިގެންދާނެއެވެ.

"ޝްޝްޝް"ގެ ޕްރޮޑިއުސަރަކީ ހުސައިން މުނައްވަރުއެވެ. އެ ސީރީޒް ދައްކާނީ މިރޭ 21:00 ގައެވެ.

comment ކޮމެންޓް