އުރީދޫ މޯލްޑިވްސްއަށް އާ ޗެއާމަނެއް

އުރީދޫ މޯލްޑިވްސްގެ ޗެއާމަންކަމަށް އައްޔަނުކުރި ޑޭމިއަން ޗެޕަލް -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްގެ ބޯޑުން ހުސްވެފައިވާ ޗެއާމަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ ގޮތުގައި ހުންނެވި ހާލިދު އިބްރާހިމް އަލްމަހްމޫދު ދާދި ފަހުން ވަނީ ރިޓަޔާކޮށް، އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އުރީދޫ މޯލްޑީވްސްއިން މިއަދު ބުނި ގޮތުގައި، 1 އޭޕްރިލް 2019 އިން ފެށިގެން އެ ކުންފުނީގެ ބޯޑުގައި ޑިރެކްޓަރެއްގެ އިތުރުން ޗެއާމަނުގެ ގޮތުގައި އައްޔަނުކޮށްފައިވަނީ އޮސްޓްރޭލިއާގެ ޑޭމިއަން ފިލިޕް ޗެޕަލްއެވެ.

އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާތު، ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް-އެލްއެލްސީއިން ނޮމިނޭޓުކުރި ޑޭމިއަންއަކީ އުރީދޫ ގަތަރުގެ ޗީފް ކޮންސިއުމާ އޮފިސަރެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި 17 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ އޭނާއަށް ލިބިފައިވެއެވެ.

ޗެޕަލް ތައުލީމު ހާސިލުކުރެއްވީ އެޕްލައިޑް ސައިންސް އަދި އައިޓީގެ ދާއިރާއިންނެވެ.

https://sun.mv/116236

comment ކޮމެންޓް