ޑިންގީއެއް ފަޅައިގެން ގޮސް ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

ރ. އިފުރަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ޑިންގި ---- ފޮޓޯ: ފުލުހުން

ފަސް މީހުންނާ އެކު ރ. އިފުރަށް ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ދިޔަ ޑިންގީއެއްގައި ތިބި މީހުން ސަލާމަތް ކޮށްފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 14:30 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޑިންގީއެއް ފަޅައިގެން ރ. ވާދުއާ ދިމާ ބޭރަށް އަޑިއަށް ދާކަމުގެ ރިޕޯޓެއް ލިބުމާ އެކު ށ. ކޮމަންޑޫގައި މަސައްކަތް ކުރާ ފުލުހުން ދޯންޏެއްގައި އެ ސަރަހައްދަށް ގޮސް ފަސް މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ދޯނި ކަފު ޖަހައިގެން، ފަޅައިގެން ދިޔަ ޑިންގީ ރ. އަލިފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޑިންގީގައި ތިބީ ފަސް ދިވެހުންނެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ގަދަ ވަޔާ އެކު ކަނޑު ވެސް ގަދަ ދުވަސްވަރެކެވެ. ނަމަވެސް ށ. އަތޮޅާއި ރ. އަތޮޅު ހިމެނޭ އުތުރުގެ އަތޮޅުތަކަށް މޫސް ގޯސް ނޫން ނަމަވެސް ދެކުނުން ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ވައިޓް އެލާޓް ވަނީ ނެރެފައެވެ.

comment ކޮމެންޓް