ރާއްޖޭގެ ފުރަތަމަ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް ނިންމާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް ނިންމި ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައި-- ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް ނިންމާލައި، ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ އެކޯހުގައި އެއާ ޓްރެފިކް ސާވިސެސްގެ އަށް މުވައްޒަފުން ބައިވެރިވި އެވެ. ހުޅުލޭ އައިލެންޑް ހޮޓަލުގައި އޮތް ރަސްމިއްޔާތެއްގައި ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ ޗީފް އެގްޒެކެޓިވް ހުސެން ޖަލީލެވެ.

އެއާ ޓްރެފިކް ކޮންޓްރޯލާ ބެހޭ ގޮތުން ބޭއްވި އެކޯސް ކުރިއަށް ގެންދިޔައީ އެއް ބިދޭސީ އިންސްޓްރަކްޓަރާއި ތިން ދިވެހި އިންސްޓްރަކްޓަރުންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ގައުމުން ބޭރުގައި މިފަދަ ކޯހެއް ކުރިއަށްގެންދާ ނަމަ 11،000 ޑޮލަރާއި 14،000 ޑޮލަރާ ދެމެދުގެ އަގެއް އަރަ އެވެ. ނަމަވެސް މިފަހަރު ރާއްޖޭގައި ކޯސް ކުރިއަށް ގެންދިޔުމުން ކޮންމެ މީހަކަށް ހަރަދު ވަނީ ގާތްގަނޑަކަށް 500 ޑޮލަރެވެ.

comment ކޮމެންޓް