ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

މަސްތުވާތަކެތި ހޯދުމަށް އޮޕަރޭޝަން ކުރިއަށް ގެންދަނީ--- ފޮޓޯ: ފުލުހުން

ރާއްޖެ އެތެރެ ކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ ކޮކެއިން އެއާޕޯޓުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ކަސްޓަމްސްއާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ރާއްޖެއައި ބިދޭސީއެއް އަތުން 1.114 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އަދި އެ ކޮކެއިންގެ މަގުމަތީ އަގަކީ 3 މިލިއަން ރުފިޔާ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ހޯދިކަން ފުލުހުން ވަނީ އިއްޔެ ހާމަކޮށްފަ އެވެ.

comment ކޮމެންޓް