ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ދެހިވަލައިގައިވެސް ބޮމެއް ގޮވައިފި

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެހިވަލައިގައި ސަރަހައްދުގައި ވެސް ބޮމުގެ ހަމަލާއެއް ދީފި އެވެ.

ފުލުހުންގެ ސްޕޯކްސް ޕާސަން ރުވާން ގުނެސޭކަރަ ވިދާޅުވީ، ދެހިވަލަ ޒޫގެ ކުރިމަތީ ހުންނަ ހޮޓަލެއްގައި ވެސް ބޮމެއް ގޮއްވާފައިވާ ކަމަށެވެ،

މިއީ މިއަދު އެ ގަމުގައި ބޮން ގޮވި ހަތް ވަަނަ ސަރަހައްދެވެ.

މިހާތަނަށް މިއަދުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 187 އަކަށް އަރައިފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދަކީ، 450 އެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސަޑަރު، އުމަރު އަބްދުލް ރައްޒާގު "ރާއްޖެ ޓީވީ" އަށް ވިދާޅުވީ، ދެހިވަލަ ސަރަހައްދުގައި ބޮމެއް ގޮވައިފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ހަމަލާގައި ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބުނުތޯ ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކު ބޭރަށް ނުނިކުތުމަށް ސަފީރު އިލްތިމާސް ކުރެއްވި އެވެ.

ދެހިވަލަ ސަރަހައްދުގައި ހިނގި ބޮމުގެ ހަމަލާގައި ދެ މީހަކު މަރުވެރުވެފައިވާ ކަމަށް އެ ގައުމުގެ މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

comment ކޮމެންޓް