އެޑެލްއާއި ސައިމަން ވަރިވަނީ ތަ؟

އެޑެލް އާއި ސައިމަން--

މަޝްހޫރު ބްރިޓިޝް ލަވަކިޔުންތެރިޔާ އެޑެލް 30، އާއި އޭނާގެ ފިރިމީހާ ސައިމަން ކޮނެކީ 45، ވަރިވާން އުޅޭ ވާހަކަ ދެކެވެން ފަށައިފިއެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި އެ ދެމީހުން މިހާރު ދިރިއުޅެމުން އަންނަނީ ވަކިންނެވެ.

"އެމީހުން މިހާރު އުޅެނީ ވަކިން. ނަމަވެސް ދަރިފުޅު ބަލާނީ ދެމީހުން އެއްކޮށް،"

އެޑެލްގެ ރަހުމަތްތެރިއަކާ ހަވާލާދީ ބޭރުގެ ނޫހެއްގައި ބުނީ ދެމަފިރިން މައްސަލަޖެހިގެން އުޅޭތާ ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް އަބަދު މައްސަލަޖެހެން ފެށުމުން ވަރިވާން ނިންމާފައިވާ ކަމަށެވެ.

އެޑެލް އާއި ސައިމަން އެންމެ ފުރަތަމަ ދިވާމީ 2011 ވަނަ އަހަރުއެވެ. އޭގެ އެއް އަހަރު ފަހުން ދެމީހުން އެއްކޮށް އެކި ހަފްލާތަކުން ފެނިގެންދިޔައިރު އެމީހުންގެ ދަރިފުޅު އެންޖެލޯ ލިބުނީ 2012 ވަނަ އަހަރުއެވެ.

އެޑްލް އާއި ސައިމަން ކައިވެނިކޮށްފައިވަނީ 2016ގައެވެ.

comment ކޮމެންޓް