ރައީސް މައުމޫން، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ ---- ފޮޓޯ: މައުމޫންގެ ޓްވިޓާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަދަހިކަމާ އެކު ކޯލިޝަން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ މިއަދު ރައީސް ސޯލިހާ މަޝްވަރާކުރި ކަންތައްތަކަށް ހައްލު ލިބިފައިވާތީ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

މިއީ ނިމިދިޔަ މަޖިލިސް އިންތިޚާބަށްފަހު ރައީސް މައުމޫން، ރައީސް ސޯލިހާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް