މެލޭޝިއާގެ ޔުނިވާސިޓީއަކުން އަގުހެޔޮކޮށް މެޑިސިން ކިޔެވޭނެގޮތް ހަދައިފި

އިސްލާމިކް ޔުނިވާސިޓީން މިއަހަރު ބޭއްވި ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ޔުނިވާސިޓީއަކުން އަގުހެޔޮކޮށް މެޑިސިން ކިޔެވޭނެ ގޮތް ހަދައިފި އެވެ.

މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމަށްވާ ޔޫސީއެސްއައި ޔުނިވާސިޓީއާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ޔޫސީއެސްގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނަށް ޑޮކްޓާ އޮފް މެޑިސިން އަދި ބެޗެލާ އޮފް ފާމަސީ ކޯހުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެ ޔުނިވާސިޓީން ކިޔަވައިދޭ 50 އަށްވުރެ ގިނަ ޕްރޮގްރާމްގައި 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރުވެސް އެ ޔުނިވާސިޓީގައި 50 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ، މަތީ ތައުލީމަށް ވަރަށް ބޮޑަށް އިސްކަން ދެމުންނެވެ. އެގޮތުން މި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ފުރަތަމަ ޑީގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. އަދި ޕްރައިވެޓް ޔުނިވާސިޓީތަކުގައިވެސް ކިޔަވާ ދަރިވަރުންގެ ކޯސްފީގެ ވަރަށް ބޮޑު ބައެއް ސަރުކާރުން ދައްކައިދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް