މާލޭގެ ބައެއް ސރަހައްްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ހެންވޭރާއި މައްޗަންގޮޅި އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
A power outage is now affecting some customers of Maafanu, Machangolhi, and Hanveyru . Our team is working as quickly and safely as possible to restore power. We will continue to keep you updated on the situation . Thank you for your patience.
— STELCO (@STELCOMALDIVES) April 13, 2019
ކަރަންޓު ކެނޑުނީ ސީދާ ކީއްވެ ކަމެއް ސްޓެލްކޯ އަކުން ނުބުނެ އެވެ.
މި ފަހަކަށް އައިސް ހޫނު ގަދަވުމުގެ ސަބަބުން ލޯޑު ބޮޑުވެ ކަރަންޓު ކެނޑޭ މައްސަލަ މާލެ އާއި ރަށްރަށުގައި ވެސް ދަނީ ދިމާވަމުންނެވެ.