ގައުމީ ޔުނިވާސިޓީއިން 558 ދަރިވަރަކު ދަސްވެނިވެއްޖެ

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގައުމީ ޔުނިޥަސިޓީ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން 558 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީން ދަސްވެނިވި ދަރިވަރުންނަށް ވަނީ އިނާމާއި ސަނަދުތައްް ހަވާލުކޮށްފައެވެ.

މިރޭގެ ރަސްމިއްޔާތުގައި އެކި އެކި ކޯސްތަކުން ޑީގްރީ ހާސިލްކުރި 359 ދަރިވަރަކާއި އަދި މާސްޓާސް ކޯސްތައް ނިންމި 131 ދަރިވަރަކަށް ވަނީ ސަނަދުތައްް ހަވާލުކޮށްފައެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގައުމީ ޔުނިޥަސިޓީ

އެމްއެންޔޫއިން މިދިޔަ އަހަރު ބެޗެލާސް އޮފް އާޓްސް އިން ދިވެހި ލެންގުއޭޖް 18 ދަރިވަރުން ވަނީ ނިންމައިފައެވެ. އަދި ޖާނަލިޒަމްއިން ހަތަރު ދަރިވަރަކުވެސް ވަނީ ޑީގްރީ ހާސިލްކޮށްފައެވެ. އަދި އޭގެ އިތުރުން ބެޗެލާސް އޮފް ނާސިންގެ ވެސް 30 ވަރިވަރަކު ވަނީ ހާސިލްކޮށްފައެވެ.

މާސްޓާސް ކޯސްތަކަށް ބަލާލާއިރު މިދިޔަ އަހަރު 19 ދަރިވަރަކު ވަނީ މާސްޓާސް އިން ނާސިން ނިންމައިފައެވެ. އަދި މާސްޓާސް އޮފް ދިވެހި ލެންގުއޭޖް އެއް ދަރިވަރަކު ވަނީ ނިންމައިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑިގްރީ އާއި މާސްޓާސް ކޯސްތައް ނިންމި ދަރިވަރުންގެ ތެރެއިން ސީޖީޕީ 3.5 މަތިން ހޯދައި ކޯސްތަކުން އެއްވަނަ ހޯދި ހަ ދަރިވަރުނަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އިނާމްތައް އަރުވައިފައެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގައުމީ ޔުނިޥަސިޓީ

ރައީސްގެ އިނާމް ހާސިލް ކުރި ދަރިވަރުން

  • އަހުމަދު ނާއިފް މުހައްމަދު (ސޯސަންގެ/ގދ. މަޑަވެލި)-- ބެޗެލާސް އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަަނަލް ރިލޭޝަންސް
  • އާދަމް ރާއިފް ނަޝީދު (މ.ކަޅި)---ބެޗެލާޒް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ
  • އައިޝަތު ޝާފިރާ-- (ވީނަސް/ ހއ. އުލިގަމް)-- ބެޗެލާސް އޮސް އިސްލާމިކް ސްޓަޑީޒް
  • އަބްދުﷲ ހުމައިދު--- (މޫރިތި/ ދ. މާއެނބޫދޫ)--- ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ
  • މުނާ އާސިމް( ދަފްތަރު މާލެ)--- މާސްޓާސް އޮފް ލޯ
  • އައިޝަތު ހަނާ (ރިހިވެލި/ ބ. ފުޅަދޫ)-- ބެޗެލާ އޮފް އެކައުންޓިން އެންޑް ފައިނޭންސް
comment ކޮމެންޓް