Dhiraagu
Ooredoo

ރޮޒައިނާއާއި ހިސާންގެ ދެމަފިރިކަނބަލުންވެސް މަޖިލީހަށް

ހިސާންގެ ދެމަފިރިކަނބަލުން އަދި ރޮޒައިނާގެ ދެމަފިރިކަނބަލުން---

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް ގާނޫނީ ވަކީލް ހިސާން ހުސައިންގެ ދެމަފިރިކަނބަލުންނާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުން ހޮވިވަޑައިގެންފިއެވެ.

ADK GENERAl

ހިސާން ހުސައިން މަޖިލީހަށް ހޮވިވަޑައިގަތީ ތުޅާދޫ ދާއިރާއަށެވެ. އަދި ރޮޒައިނާ މިފަހަރު ވެސް ހޮވިވަޑައިގަތީ އައްޑޫ މީދޫ ދާއިރާއަށެވެ.

ރޮޒައިނާގެ ފިރިކަލުން މުހައްމަދު ނާޝިޒް ހޮވިވަޑައިގެންނެވީ ކިނބިދޫ ދާއިރާއަށެވެ. އަދި ހިސާންގެ ފިރިކަލުން އިބްރާހީމް ނާޒިލް ހޮވިވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށެވެ.

މިއީ ހިސާންގެ ދެމަފިރިކަނބަލުން މަޖިލީހަށް ހޮވި ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހިސާން އޭދަފުށީގެ ދާއިރާއަށް ވާދަކުރައްވައިގެން ވަނީ ނާކާމިޔާބު ވެވަޑައިގެންފައެވެ.

އަދި ރޮޒައިނާގެ ފިރިކަލުން މީގެ ކުރިން ވަނީ ކިނބިދޫ ދާއިރާއަށް ވާދަކުރައްވައިގެން ނާކާމިޔާބު ވެވަޑައިގެންފައެވެ.

Redstar
comment ކޮމެންޓް

comment ނިހާނު

6 year 2 week ago

ހިސާންއަކީ ނާޒިލުގެ ހަގު އަނބި. އެހެންވީމާ، ނާޒިލުއާއި އޭނާގެ އަނބިކަނބަލެއް މަޖިލީހަށް ހވުނު ވާހަކަ ދޮއްތޯ އޮންނަންވާނީ؟

comment ޝިޢުބު

6 year 2 week ago

ތިބޭފުޅުންވެސް މިކަހަލަ ފޮޓޯ ލީމަ ދޯ؟ އެހެންމީހުންވެސް ދޯ؟ ރަނގަޅުވާންޖެހޭ ދޯ؟

comment މުގުރި

6 year 2 week ago

އެދާއިރާއަކަށް އެދާއިރާގެ މީހަކުހޮވުން އެންމެބުއްދިވެރީ