ގިނަ ގޮނޑިތަކާ އެކު އެމްޑީޕީއަށް ތާރީހީ ބޮޑު ކާމިޔާބީއެއް

އައްޑޫ ސިޓީ އެމްޑީޕީ މަޖިލިސް ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން: މި ދަތުރުފުޅުގައި އެމްޑީޕީގެ އެންމެ އިސްފަރާތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ އެމްޑީޕީ

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން ތަފާތު ބޮޑު މެޖޯރިޓީއެއް ހޯދައިފި އެވެ.

މިފަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ގިނަ ކެންޑިޑޭޓުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. މިހާތަނަށް ގުނި ފޮށިތަކަށް ބަލާ އިރު އެމްޑީޕީގެ 50 އަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ގޮނޑި ކާމިޔާބުވާނެ ކަމަށް ބެލެވެ އެވެ.

ގޮނޑި ކަށަވަރުވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި މީކާއިލް ނަސީމް، ތުޅާދޫ ދާއިރާއަށް ވާދަ ކުރެއްވި ހިސާން ހުސެއިން، މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ރަޝީދު އަދި ހޯރަފުށި ދާއިރާއަށް ވާދަ ކުރެެއްވި އަހުމަދު ސަލީމް ހިމެނެ އެވެ.

އެއާއެކު އެމްޑީޕީގެ ސަޕޯޓަރުން ދަނީ އުފާފާޅު ކުރުމަށް މަގުމައްޗަށް އެއްވަމުންނެވެ. އެ ޕާޓީއަށް އިންތިހާބުގައި ލިިބިފައިވާ ކާމިޔާބީ ފާޅު ކުރުމަށް މިރޭ 10:30 އެ ޕާޓީގެ ސަޕޯޓަރުން ލޮނުޒިޔާރަތްކޮޅަށް އެއްވުމަށް ވަނީ ނިންމައިފަ އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް މިހާތަނަށް ލިބޭނެ ކަމަށް ބެލެވެނީ ހަތަރު ގޮނޑި އެވެ. އަދި ޖޭޕީއަށް ލިބޭނެ ކަމަށް ބެލެވެނީ ހަ ގޮނޑިއެވެ.

comment ކޮމެންޓް