ލާމު ލިންކުރޯޑުގައިވެސް މިހާރު ސައިކަލު ދުއްވޭނީ ހެލްމެޓު އަޅައިގެން

ލ އަތޮޅު ލިންކް ރޯޑު --- ސަންފޮޓޯ/ ފާތިމަތު ސައީދު

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފެށުމާއެކު މާލެ-ހުޅުމާލެ ބްރިޖާއި ލިންކް ރޯޑުގެ އިތުރުން ލާމު ލިންކު ރޯޑުގައިވެސް ސައިކަލު ދުއްވާއިރު ހެލްމެޓު އަޅަންޖެހޭނެ އެވެ.

މި ގަވައިދަށް އަމަލުކުރަން ފެށުމާއެކު 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި މިމަހުގެ އެކަކުން ފެށިގެން ސައިކަލު ދުއްވޭނީ ހެލްމެޓު އަޅައިގެންނެވެ. އަދި ހެލްމެޓު ނާޅާ ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޓްރެވިފް ފުލުހުން ވަނީ ފަށައިފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ލާމު އަތޮޅުގައި ހެލްމެޓު ބެހުމަށް ހާއްސަ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ގަވައިދު ގައި ބުނެފައިވަނީ އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި، އޭ1 އާއި އޭ0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ދުއްވާ މީހާގެ އިތުރުން، ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާ އިންނަންވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ.

އައްޑޫ ލިންކު ރޯޑުގައި މިހާރުވެސް ސައިކަލު ދުއްވަނީ ހެލްމެޓު އަޅައިގެންނެވެ. ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުގެ ސަބަބުން ހުޅުލެ-ހުޅުމާލެ ލިންކު ރޯޑާއި ސިނަމާލެ ބްރިޖު އަދި ލާމު ލިންކު ރޯޑުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައިފައެވެ.

comment ކޮމެންޓް