ކައިވެންޏަށް ފަހު ދީޕިކާ އާއި ރަންވީރުގެ ފުރަތަމަ އިޝްތިހާރު!

ރަންވީރު އަދި ދީޕިކާ---

ކައިވެންޏަށް ފަހު ބޮލީވުޑްގެ ކާމިޔާބު ދެ ޖޯޑު ރަންވީރު ސިންހް އަދި ދީޕިކާ ޕަދުކޯން ފުރަތަމަ ފަހަރަށް އިޝްތިހާރެއް ކުޅެފި އެވެ.

އެއާކޯންގެ ބްރޭންޑެއް އިޝްތިހާރު ކުރުމަށް ދެތަރިން އިޝްތިހާރު ކުޅުނު އިރު އިޝްތިހާރުގައި ރަންވީރު ބުނީ "ކައިވެނި ކުރެވުނީތީ ޝުކުރުވެރިވާ" ކަމަށެވެ.

ދީޕިކާގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނީ އިޝްތިހާރުން ފެންނަ އޭސީ އެވެ.

ދީޕިކާ އާއި ރަންވީރު އިޝްތިހާރަކުން ފެނުނު އިރު ދީޕިކާ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކީ ހަތަރު އަހަރު ފަހުން މަސައްކަތް ކުރަން ނިންމައިފަ އެވެ.

ދީޕިކާ މިހާރު ކުރަމުން އަންނަނީ ފިލްމު 'ޗަޕާކް'ގެ މަސައްކަތެވެ. އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމަކީ ދީޕިކާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް