ހީނާ ހާން ރާއްޖޭގައި

ބަތަލާ ހީނާ ހާން---

ޓީވީ ބަތަލާ ހީނާ ހާން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.

އޭނާ ރާއްޖެ އައިސްފައިވާ ކަން އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީގައި ހާމަކޮށްފައިވާއިރު ހީނާ ހުންނަ ރިސޯޓެއް ހާމަކޮށްފައެއް ނުވެއެވެ.

އާއިލާ އާއެކު ޗުއްޓީ ހޭދަކުރުމަށް ހީނާ ރާއްޖެއައި އިރު އޭނާ އަންނަނީ ރާއްޖޭގައި ނަގަމުން އަންނަ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުންނެވެ.

ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އުފާވާކަމަށް ހީނާ ވަނީ ބުނެފައެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. ކުރިން އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ހިތްގައިމު ރިސޯޓެއް ކަމަށްވާ ޖުމައިރާ ރިސޯޓްގައެވެ.

ހީނާގެ އިންސްޓަގްރާމްގެ ސްޓޯރީ---

އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަނުގައި ކޮމަލިކާގެ ރޯލު ކުޅޭ ބަތަލާ ހީނާ ޚާން އެ ސީރީޒް ދޫކޮށްލަން އުޅޭ ކަމަށް އޭވާ ވަނީ ބުނެފައެވެ. އަދި އެ ރޯލަށް އާ ބަތަލާއެއް ގެންނަން އުޅޭ ކަމަށް ހަބަރުތައް ބުނެއެވެ.

ހީނާ ބޮލީވުޑްގެ ފިލްމަކުން އަވަސް މުސްތަގްބަލެއްގައި ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް