އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކަށް މިހާރު އޮންލައިންކޮށް އެދެވޭނެ

އެމްޑަބްލިއުއެސްސީގެ އިމާރާތް:-- ސަން ފައިލް ފޮޓޯ

މާލޭ ވޯޓާ އެންޑް ސްވަރޭޖު ކުންފުނި (އެމްޑަބްލިއުއެސްސީ)ގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ހިދުމަތެއް ތައާރަފްކޮށްފިއެވެ.

ގައުމީ ފެން ކުންފުނީގެ 24 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މަލީހު ޖަމާލް އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އެމްޑަބްލިއުއެސްސީ ގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށެވެ. މި ފީޗާއާއެކު އެމްޑަބްލިއުއެސްސީގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ހިދުމަތްތަށް އެދޭ ފޯމު ފުރުމަށާއި ފޯމު ހުށަހެޅުމަށް ކުންފުނީގެ އޮފީހަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތަށް އެދެވޭނެއެވެ.

އެމްޑަބްލިއުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތް މާލޭގެ އިތުރުން ކ. މާފުއްޓާއި ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފޯރުކޮށްދެއެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނީން ދަނީ އިންޖިނިއަރިން އަދި މެނުފެކްޗަރިން ދާއިރާގައިވެސް ކުރި ހޯދަމުންނެވެ.

ފެންކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި އަމާޒަކީ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތުގެ ބިލު ދެއްކޭނެ ފަސޭހަ ނިޒާމެއް ވެސް އެކުންފުނިން ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

comment ކޮމެންޓް